-Advertisement-

-Advertisement-

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ އޮޕަރޭޝަންތައް މާދަމާ ފަށަނީ

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން / ފޮޓޯ: ރައީސް ޑރ. މުހައްމަދު މުއިއްޒު | އެކްސް

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

ސޯޝަލް މީޑިއާ އަދި ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ސީޕްލޭނެއްގެ ބޭރު، އެއާ އެމްބިއުލާންސްގެ ޑިޒައިނަށް ބަދަލުކޮށްފައިވާ ތަނެވެ.

މި އެއާ އެމްބިއުލާންސްގެ ބޭރުގެ ޑިޒައިންވެސް ހުރީ މި މަހު ފުރަތަމަ ދުވަހު ބޭނުންކުރަން ފެށި ޑޭޝް-8 ގެ ބޯޓާ އެއްގޮތަށެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ, DHC-8-200ގެ ބޯޓަކާއި ސީ ޕްލޭނެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ ސީޕްލޭން ބޭނުންކުރުމުން އެއާޕޯޓު ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުން ބަލިމީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކުކުރެވޭނެކަމަށާއި އަދި ކުއްލި ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސުން ލިބޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-