-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައި އަސްކަރީ ޑްރޯންތަކުގެ މަސައްކަތް މާދަމާ ފަށަނީ

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައި އަސްކަރީ ޑްރޯންތަކުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވިއެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާ ގެނައި ޑްރޯންތައް ނ. މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ރަށުގައި ބޭސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ “ބައިރަކްތާރު ޓީބީ2” ގެ ދެ ޑްރޯންއެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.

އަދި އެ ޑްރޯން ޓެސްޓު ކުރަން ފަށާފައިވާ އިރު، މާފަރު މަތިން ދުއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ނަމަވެސް އެ ޑްރޯންތަކާބެހޭ މައުލޫމާތު ސަރުކާރުން އަދި ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.

އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރ. މީދޫގައި ވާހަކަފުޅުދައްކަވަމުންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށާއި، މި މަސައްކަތް މި މަހު ފެށިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުން ދިވެހި ސިފައިންގެ އަތްމައްޗަށް ދޫކޮށްލައި، އެކަމުގައި ބޭރުގެ މީހުންގެ ބައިވެރިވުން ހުއްޓާލައްވާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-