-Advertisement-

-Advertisement-

ބޮއިކަޓްގެ ސަބަބުން މެކްޑޮނަލްސްއަށް ހަތް ބިލިޔަން ޑޮލަރުގެ ގެއްލުމެއް، އިޒްރޭލަށް އެހީވުން ހުއްޓާލައިފި ކަމަށް ބުނެފި!

މެކްޑޮނާލްޑް ބޮއިކޮޓް ކުރުމަށް ގޮވާލާ ބޭއްވި ހަރަކާތެއްގެ ތެރެއިން --

އިޒްރޭލުގެ ސިފައިންނަށް ހިލޭ ކާބޯތަކެތީގެ ޕާރުސަލް ފޯރުކޮށްދޭ ކަމަށް މެކްޑޮނަލްސް އިން އިއުލާނުކުރުމާއެކު، އިސްލާމީ ގައުމުތަކުން މި ކުންފުންޏާ ދެކޮޅަށް ހިންގި ބޮއިކަޓް ހަރަކާތުގެ ސަބަބުން މެކްޑޮނަލްސްއަށް ހަތް ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެއެވެ.

މިއާއެކު އިޒްރޭލު ސިފައިންނަށް ހިލ ޭކާބޯތަކެތީގެ ޕާރުސަލް ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

މެކްޑޮނަލްސްގެ ސީއެފްއޯ އިޔާން ބޯޑެން ވިދާޅުވީ ޣައްޒާއަށް އިސްރާއީލު ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެތައް މިލިޔަންބަޔަކު އެ ރެސްޓޯރެންޓް ބޮއިކަޓް ކޮށްފައިވާކަމަށާއި އެކަމުގެ އަގު ވަރަށް ހިތިގޮތަކަށް އެކުންފުންޏަށް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.

މިކެންޕޭނުގެ ދަށުން މެކްޑޮނަލްސްގެ އިތުރުން ޔަހޫދީ މަހުޖަނުން ދުނިޔޭގެ ފެންވަރުގައި ހިންގާ އެތައް ވިޔަފާރިއެއް އަރަބި އިސްލާމީ ގައުމުތަކުގައި ގެންދަނީ ބޮއިކަޓް ކުރަމުންނެވެ. މީގެތެރޭގައި ސްޓާބަކްސް އާއި ކޭއެފްސީ، ޒާރާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

އިޒްރޭލުން ގާޒާގައި ގަތުލުއާންމެއް ހިންގަމުން ގެންދާ އިރު, މިއީ މަޑުމަޑުން އިންސާނީ ނަސްލެއް ނައްތާލުން ކަމަށް ދުނިޔޭގެ އެކިއެކި ލީޑަރުން ދަނީ ބުނަމުންނެވެ. ނަމަވެސް އިޒްރޭލުން ބުނަމުން ދަނި މުޅިން ތަފާތު ވާހަކައެކެވެ.

އިޒްރޭލުގެ ކަނާއަތުފިޔައިގެ މިނިސްޓަރު ބެން ގަވީރު ބުނީ, ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދޮނުމަކީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށާއި ވަގުތުން އެކަންތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް އެރިތާ 5 މަސް ވެގެން ދާއިރު، މިހާތަނަށް 29،878 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ދަނީ 7 އޮކްޓޯބަރ އިން ފެށިގެން ވޭތުވެދިޔަ 160 ދުވަހު މެދުކެންޑުމެއް ގާޒާއަށް ހަމަލާދެމުންނެެވެ.

ޔޫއެން ހިއުމެނިޓޭރިއަން އެޖެންސީ (އޯސީއެޗްއޭ) އިން ބުނީ، ހަނގުރާމަ އާ އެކު މިހާރު އޮތީ އިންސާނި ކާރިސާއެއްގެ ހާލަތު ކަމަށާއި ވަގުތުން އިންސާނީ އެހީ ފޯރުކޮށް ނުދެވޭނެ ނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމަށެވެ. އެ އިދާރާއިން ބުނީ ގާޒާގެ އުތުރުގައި ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ ރަނގަޅު ކާނާއާއި ބޯފެނުން މަހުރޫމްވެފައި ވާ ކުއްޖެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-