-Advertisement-

-Advertisement-

ހައުސިން ކޮމިޓީ އެކުލަވާލައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަތައް ބަލަނީ

ހުޅުމާލޭގައި ހަދާ ފްލެޓުތައް

ހައުސިން ކޮމިޓީ އެކުލަވާލައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަތައް ބަލަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ކުރިއަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފަސް މެންބަރުން ހިމެނޭ “ހައުސިން ކޮމިޓީ” އެއް އުފައްދާފައިވާ ކަމަށެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، އެ ކޮމިޓީއަށް ޗެއާ އާއި ވައިސް ޗެއާއެއް ވަނީ އައްޔަނުކޮށްފައެވެ. އެގޮތުން ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ޖެންޑާ މިނިސްޓަރު، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދެވެ. އަދި ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ.

ހައުސިން ކޮމިޓީއަށް އައްޔަނު ކޮށްފައިވާ 5 މެމްބަރުންނަކީ:

  • ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، މ. ލޮނުވެލި
  • އާމިނަތު އީނާސް، ހ. ހަބަރުގެ
  • އަހުމަދު އަލި މަނިކު، ގ. ވިޔަވަތި
  • އަބްދުލްއަޒީޒް ޔޫސުފް، މ. ދޫނިހުރާ
  • މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރު

އާންމުންގެ ސުވާލުތަކަށް ސީދާ ރައީސް މުއިއްޒު ޖަވާބުދެއްވުމަށް މިދިޔަ މަހު ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި އެމަނިކުފާނު ވަނީ އެ ކޮމިޓީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތަކާ ގުޅޭ މައްސަލަތައް ބެލުމަށް އާންމުންގެ އިތުބާރު ލިބިފައިވާ ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-