-Advertisement-

-Advertisement-

މިދިޔަ އަހަރު އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ގޯތި ގެދޮރާއި ގުޅޭގޮތުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

މިދިޔަ އަހަރު އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ގޯތި ގެދޮރާއި ގުޅޭގޮތުން ކަމަށް ންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން 1151 ޝަކުވާ ހުށަހަޅާފައިވާއިވާކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް 619 މައްސަލައެއް ހުށަހަޅާފައިވާއިރު، އީމެއިލްގެ ޒަރީއާއިން 258 އަދި ސިޓީ މެދުވެރިކޮށް 165 ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް 561 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

އެހެން އަހަރު ތަކާ އަޅާބަލާއިރު، ނިމިދިޔަަ2023 ވަނަ އަހަރު ހުށަހަޅާފައިވާ ޝަކުވާ ވަރަށް ގިނައެވެ. އެއީ ރިޔާސީ އިންތިހާބާއި ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެން ކުރިމަތިމި މައްސަލަތަކާއި ގުޅިގެން ކުރި ޝަކުވާތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-