-Advertisement-

-Advertisement-

މަޖިލިސް އިންތިހާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކުރަން ނިންމައިފި

ސުކޫލެއްގެ ދަރިވަރުން ޓެސްޓު ހަދަނީ

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކުރަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ އަންނަ މަހުގެ 21 ކަމުގައި އިލެކްޝަން ކޮމިޝަން (އިސީ)ން ކަނޑައެޅުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓެސްޓު ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައެވެ.

މި ބަދަލާއެކު، ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ދެން އޮންނާނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އޭޕްރީލް 20ވަނަ ދުވަހު ޓެސްޓު ނަގާ ނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

ދިރާސީ އައު އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު، މިހާރު މި ހިނގާ 2023ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހުއެވެ. މި އަހަރު 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-