ރައުންޑް އޮފް ސިކްސްޓީންގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދުހޯވެން ބަލިކޮށް ޑޯޓްމުންޑް އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
ޑޯޓްމުންޑް އިން މި ޖާގަ ކަށަވަރުކޮށްފައި ވަނީ ތިން ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްވީގެ ދަނޑުގައި ކުޅެ އެއް ލަނޑު އެއް ލަނޑުން ދެޓީމް އެއް ވަރުވީއިރު ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ޑޯޓްމުންޑްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
މެޗުގައި ޑޯޓްމުންޑްއަށް ދެވަނަ ލަނޑެއް ޖެހުނު ކަމަށް ހީވިނަމަވެސް ނިކްލަސް ފުލްކުރޫގް ލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި އޮފްސައިޑް ވެފައިވުމުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗު ޑޮމިނޭޓު ކޮށްގެން ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްވީއިންނެވެ. ނަމަވެސް މިއާއެކުވެސް ޕީއެސްވީއަށް ޑޯޓްމުންޑްގެ ޑިފެންސް ފޫއަޅުވާ ލެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ޑޯޓްމުންޑްއިން މިވަނީ ތިން އަހަރަށް ފަހު ފުރަތަަމަ ފަހަރަށް މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފައެވެ.