-Advertisement-

-Advertisement-

މާލޭގެ 4 މިސްކިތެއްގައި ޒުވާން ހަތީބުން މިއަދު ހުކުރު ކޮށްފި

ޕްރޮގްރާމް ފުރިހަމަ ކުރުމުން، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޒައިންއަށް ސެޓްފިކެޓް ހަވާލު ކުރައްވަނީ

މާލޭގެ 4 މިސްކިތެއްގައި ޒުވާން ހަތީބުން މިއަދު ހުކުރު ކޮށްފިއެވެ.

އަލަށް އިމާމުވެ ހުކުރު ކުރި ހަތީބުންނާ އަދި ހުކުރު ކުރި މިސްކިތްތަކަކީ:

  • ސުލައިމް މުހައްމަދު ލަތީފް (ތައިބާ މިސްކިތުގައި)
  • އަބްދުލްމަތީން މުހައްމަދު (އީދު މިސްކިތުގައި)
  • ނައުފަން ނިޔާފް (މާލޭ ހުކުރު މިސްކިތުގައި)
  • ހުސައިން ޒައިން އަލީ ( ހުޅުމާލޭގެ މަސްޖިދުލް އަމާނީގައި)

ޒުވާން ހަތީބުން ތަމްރީނު ކުރުމަށް މި މަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި އިންޓަވިއުކޮށްފަވެއެވެ.

މި ޕްރޮގްރާމް އަމާޒުކުރީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމެވެ.

މި ކުދިން ތަމްރީނުކުރުމުގެ ފުރަތަމަ ބުރު މިމަހުގެ 12 ވަނަ ދުވަހު ނިންމާލާފައިވާއިރު، ފުރަތަމަ ބުރު ފުރިހަމަ ކުރި ބައިވެރިންނަށް ހަމަ އެދުވަހު ސެޓްފިކެޓް ވަނީ ހަވާލު ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-