-Advertisement-

-Advertisement-

ޕެންޝަން ފަންޑު ވަރުގަދަ ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން، އެކަން ކުރަން މަޖިލީހުގެ ތާއީދު ބޭނުންވާނެ: ރައީސް

ރައީސް ޑރ. މުއިއްޒު

ޕެންޝަން ފަންޑު ވަރުގަދަ ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެންކަމަށާއި އެކަން ކުރަން މަޖިލީހުގެ ތާއީދު ބޭނުންވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ  ‘ރައީސްގެ ޖަވާބު’ގެ ޕްރޮގްރާމުގައި ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ވަނީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ޕެންޝަންއަކީ ވަކި ގާނޫނެއްގެ ދަށުން ނަގައި އެއްޗަކަށް ވާތީ އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.

“އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް. އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަން،” ރައީސް

ރައީސް އިތުރަށް ވިދާޅުވީ މިކަހަލަ ކަންކަމަށް އްލެއް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން އެކަނި ކަމަށާއި އެހެންކަމުން ސަރުކާރަށް މަޖިލިސް ލިބުމަކީ މުހިންމުކަމެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-