-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރި ކުރި 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފި

ގޮޅީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް / ފޮޓޯ: ސިޓީ ކައުންސިލް

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރި ކުރި 9 ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެފަދަ 9 ފަރާތެއް މި ހިނގާ މާޗް މަހުވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 2000 ރުފިޔާއިންނެވެ. 2 ވަނަ ފަހަރު ނަމަ 4000 ރުފިޔާއިން ޖޫރިމަނާކޮށް ގޮޅީގެ ވެރިފަރާތަށް ރެޑް ނޯޓިސް ދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ބާޒާރު މަތީގައި މަގުމައްޗަށް ވާގޮތަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މީހުން ވެސް ޖޫރިމަނާ ކުރަން ފަށައިފަ އެވެ. އެގޮތުން އެދުވަހު ޕޭމަންޓު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ ހަތަރު މީހަކު ޖޫރިމަނާ ކުރި ކަމަށް މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވަނީ ވިދާޅުވެފައެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުމައްޗަށް ކުނި އަޅައި ގޮނޑު ކުރަމުން ދާތީ އެފަރާތްތައް ވެސް ދެނެގަނެ، ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ވެސް ޝަތުފާ ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުނި އަޅައި، ގޮނޑުކޮށްފައިވާ މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-