-Advertisement-

-Advertisement-

“އެމްއެންޑީއެފް އެއާ ކޯ” ހިދުމަތް އިފްތިތާހުކޮއްފި

އެމްއެންޑީއެފް އެއާ ކޯ ލޯގޯ

ދިވެހި ސިފައިންގެ ވައިގެ ހިދުމަތް “އެމްއެންޑީއެފް އެއާ ކޯ” އިފްތިތާހުކޮށްފިއެވެ

މި ހިދުމަތް އިފްތިތާހު ކޮއްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނ. މާފަރު އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރު ބައެއްގެ އެއްވެސް ބާރެއް ނެތި 24 ގަޑި އިރު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މި ވައުދުފުއްދެވުމަށްޓަކައި ތުރުކީން ޑްރޯން ގެނެސް މިއަދު ވަނީ އެކަން ބެލެހެއްޓުމަށް ދިވެހި ދިފާއީ ބަރާއި ހަވާލުކޮއްފައިއެވެ.

ވައިގެ ހިދުމަތް ރާއްޖޭގައި ތާއާރަފް ކޮއްފައި މިވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށެވެ. ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ

ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-