-Advertisement-

-Advertisement-

ރީރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު މެންދުރު ފަހު 3 އަށް ހަމަވަނީ

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

ރީރެޖިސްޓްރޭޝަންގެ މުއްދަތު މިއަދު މެންދުރު ފަހު 3 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ވޯޓުލާން ދާންޖެހޭތަން ބަދަލުވާނަމަ މުއްދަތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓަރީ ކުރުމަށް އީސީން ވަނީ އެދިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދާއި ހަމައަށް ރީ ރަޖިސްޓްރީވުމަށް 5202 އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 4718 މީހުން ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އަދި 484 އެޕްލިކޭޝަންއެއް ރިޖެކްޓު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާ ގުޅިގެން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން ވެސް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން އިތުރު 30 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ސިނާއީ ސަރަހައްދުގައި އިތުރު އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި އިތުރު 4 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ލިސްޓުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެގޮތުން 560 މީހުން އިތުރުވުމުން ވޯޓުލުމުގެ ހައްގު 284،897 މީހަކަށް ލިބިގެންވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-