-Advertisement-

-Advertisement-

އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ބޭނުންކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި: ރައީސް

މާފަރު އެއާޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ބޭނުންކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާކުރި ތަކެތި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަސްކަރީ ޑްރޯން އިފްތީތާހު ކުރުމަށް މާފަރު އިނިްޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވިތާ ދެ ހަފުތާ ވެސް ނުވަނީސް އެ ގައުމަށް ވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު ދެއްވި ދައުވަތަކީ މި ޑްރޯންތައް ހަގީގަތަކަށް ވުމުގެ އަސްލު ކަމަށެވެ. އެ މަނިކުފާނާ މެދު ތުރުކީގެ ރައީސާއި އެ ގައުމުގެ ސަރުކާރުން ބެހެއްޓި ގާތްކަމާއި ދެއްވި ސަލާމުކަމަކީ ދިވެހި އަސްކަރިއްޔާގައި ޑްރޯން ބޭނުންކުރަން ފެށުމުގެ ސަބަބު ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަދި މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަމިއްލަ ސިޔާދަތީ ބާރު މި ސަރަހައްދަން ހިނގާ ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަމިއްލަ އަށް އަމިއްލަ ގައުމުގެ ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑިވާން ޖެހޭވެސް ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑްރަގްގެ އެކި ކަހަލަ މުއާމަލާތް ހިންގުން ހުއްޓުވުމުގައި މީގެ ކުރިން ޖެހެނީ ކޮންމެ ވެސް އެހެން ފަރާތެއްގެ އެހީ ހޯދަން ކަމަށެވެ. ނަމަވެސް، ރަށްރަށަށް ކަނޑުމަގުން ދެން ޑްރަގް އެތެރެކުރާއިރު ސާވަޔަލަންސް ވަރުގަދަވުމުން، ޔޫއޭވީގެ އެހީގައި އެކަން ހުއްޓިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ ވައިގެ ބާރުން ދިވެހިންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދެން ފޯރުކޮށްދެވޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-