-Advertisement-

-Advertisement-

މިއުޅެނީ ސަރުކާރު ވައްޓާލާކަށް ނޫން، ނަމަވެސް ވައްޓާލަން ޖެހިއްޖެނަމަ އެކަން ކުރާނަން: ފައްޔާޒު

ފައްޔާޒު އިސްމާއިލް

އެމްޑީޕީ އިން އުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫންކަމަށާ ނަމަވެސް ވައްޓާލަން ޖެހިއްޖެއްޔާ ވައްޓާލަން ޖެހޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވި، އެމްޑީޕީގެ ފަރާތުން ތ. ތިމަރަފުށި ދާއިރާއަށް ވަދަކުރައްވާ ކެންޑިޑޭޓުގެ ޖަގަހަ ޖަލްސާއެއްގައި ވަހަކަދައްކަވަމުންނެވެ.

މިގޮތުން ފައްޔާޒު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްކުރުމަކީ އެމްޑީޕީ އަށް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އަދި ގާނޫނީ ގޮތުންނާ އެހެނިހެން ގޮތްގޮތުން އޮތް ޒިންމާއެއްކަމަށެވެ. މި ސަރުކާރުން ވެރިކަމަށް އައީ ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ދައްކާ ވާހަކަ ތަކުރާރުކުރައްވަމުން ފައްޔާޒު ވިދާޅުވީ މިގައުމު އަނެއްކާވެސް އަނިޔާވެރިކަމަށް ފޮނުވަލުމަށް ޖާގަ ނުދޭނެކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ބޭނުންހާ ގޮތެއް ގައުމަށް ހެދުނަ ނުދިނުމަށްޓަކައި މިސްރާބު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށެވެ. އެމްޑީޕީ އަށް ސަރުކާރުގެ މެޖޯރިޓީ ލިބިގެން ނޫނީ މި ‘ވާނުވާ’ ސަރުކާރު އޮބި ނޭޅޭނެކަމަށެވެ.

” މި ސަރުކާރު އޮބި ނޭޅޭކަމުގައިވަނީ ނަމަ މިދިޔަ 4 މަސް ދުވަހު ފެނުނު ކުލަވަރުން އެބައެގޭ ސަލާމަތް ނުވާ ހިސާބަށް މި ގައުމުގެ ކަންތައްތައް ދާނެކަން.” ފައްޔާޒު

ފައްޔާޒު އިތުރަށް ވިދާޅުވީ މިވެރިކަމުން އަނިޔާވެރިކަން އިންތިހާއަށް ފެންނަމުން ދާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-