-Advertisement-

-Advertisement-

އައިވީއެފް ހެދުމަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާސަންދަ / ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އައިވީއެފް ހެދުމަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައިވީއެފްގެ ފަރުވާއަށް އާސަންދަ ބޭނުންވާ މީހުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އައިވީއެފްގެ ފަރުވާ އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެ ވައުދުގެ ދަށުން އެންސްޕާ އިން ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމު މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލެއްވެސް އާންމުކޮށްފައެވެ.

އެންސްޕާ އިން ބުނީ، ފޯމު ހުށަހެޅުމަށް ހުޅުވާލާ މުއްދަތު ހަމަވުމުން ރަސްމީ 30 ދުވަހުގެ ތެރޭގައި އައިވީއެފްގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު މީހުންނަށް އެކަން އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

މި ފޯމު ހުށަހަޅާނެ ގޮތަކީ:

  • ފޯމު އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކުން ނުވަތަ ކުންފުނީގެ ވެބްސައިޓުން ނެގުން
  • ފޯމު ހުށަހަޅަންޖެހޭނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާގެ ކައުންޓަރަށް
  • އީމެއިލް މެދުވެރިކޮށް ނަމަ Info@nspa.gov.mv އަށް ނުވަތަ ވައިބާ މެދުވެރިކޮށް ނަމަ 7291402 އަށް
  • އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ

އެންސްޕާ އިން ބުނީ އެ އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯމު ފުރިހަމަކަން ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރީއާއިން ހުށަހެޅި މީހަކަށް އަންގާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-