-Advertisement-

-Advertisement-

ހިންދީ ސިނަމާގެ ދުވަސްވީ މެގަ ސްޓާ އަމީތާބް އެޑުމިޓުކޮށް ފަރުވާދެނީ

އަމީތާބް ބައްޗަން

ހިންދީ ސިނަމާގެ ދުވަސްވީ މެގަ ސްޓާ އަމީތާބް ބައްޗަން އެންޖިއޯޕްލާސްޓީ ސާޖަރީއެއް ހެދުމަށް އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާ ދޭން ފަށައިފިއެވެ.

އެންޖިއޯޕްލާސްޓީ ސާޖަރީ އިއްޔެ ހެނދުނު ކުރިޔަށްދިޔަ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ގިނަ ސަޕޯޓަރުންގެ ކަންބޮޑުވުމާ ގުޅިގެން އުމުރުން އަމީތާބު ވަނީ ޓުވިޓާ މެދުވެރިކޮށް ހެޔޮ ދުއާކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 81 އަހަރުގެ މި އެކްޓަރު އެޑްމިޓުކޮށް ފަރުވާދީފައި ވަނީ ސީދާ ކޮންކަހަލަ ބައްޔަކަށް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކްޓަރުގެ ހާލު ރަނގަޅުވުމުން ބަލީގެ އިތުރު ތަފުސީލު އަމީތާބްގެ ޕަބްލިކް ރިލޭޝަންސް ޓީމުން އާއްމުންނާ ހިއްސާކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ރިލީޒްވި ފިލްމު “ގަނަޕަތު” ން އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އަމީތާބު އައިސްފައިވާއިރު، އަމީތާބު އަދިވެސް ދަނީ ފިލްމީ ދާއިރާގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-