ހެލިކޮޕްޓަރެއް އެއާ އެމްބިއުލެންސްގެ ހިދުމަތަށް އިތުރު ކުރަން ނިންމައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި، އަންމޭންޑް އޭރިޔަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެެ. އެގޮތުން އެއަ އެމްބިއުލާންސް ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޑޭޝް-8 މަރުކާގެ ބޯޓަކާއި ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭނެކެވެ.
ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ހިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ހިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި “ޓްވިން އިންޖީން” ހެލިކޮޕްޓަރުކަމަށް އަމީން ވިދާޅުވިއެވެ.