-Advertisement-

-Advertisement-

ފާޑުކިޔުން ބޮޑުވުމުން “އިހުސާސް” ޕްރޮގްރާމްގެ ކޮންޓެންޓް ބަލަނީ

ފޮޓޯ؛ އިހުސާން ޕްރޮގްރާމް

ޕީއެސްއެމް އިން ރޯދަ މަހު ގެނެސްދެމުން ގެންދާ، “އިހުސާސް” ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނިކަމެތިކޮށް، ސުވާލުކުރި ކަމަށް ބުނެ ފާޑުކިޔަން ފެށުމުން އެ ޕްރޮގްރާމްގެ ކޮންޓެންޓް ބަލަން ފަށައިފި އެވެ.

މިދިޔަ އަހަރު ވެސް ގެނެސްދީފައިވާ އިހުސާސް ޕްރޮގްރާމަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ނަމްޒާ ހުށަހަޅައިދޭ ޝޯއެކެވެ.

އެ ޝޯގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހުންނާއި އެކި ކަހަލަ އެހީތައް ބޭނުންވާ މީހުންގެ ވާހަކަތައް ގެނެސްދެމުންދާއިރު،  މިއަހަރުގެ ޝޯ ފެށުމުގެ ގޮތުން މިއަހަރު ގެނެސްދިން އެޕިސޯޑު ހާއްސަކުރީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމައަށެވެ.

އެ ޝޯގެ ތެރެއިން ނަމްޒާ ސުވާލުކުރީ ކުއްޖާ އިތުރަށް ނިކަމެތިކޮށް، އާއިލާ ރޮއްވަލާއި، އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާއިރު، ބައެއް މީހުން ދަނީ ޝޯގެ ބޭނުމާ ގުޅޭ ގޮތުން ވެސް ސުވާލު އުފައްދަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮގްރާމް ހުއްޓާލުމަށް ނިންމާފައިވާ ނުވެއެވެ.

ނަމަވެސް، މިހާރު ނިންމާފައި ވަނީ ކޮންޓެންޓް ކޮމިޓީން އެ ޕްރޮގްރާމުގެ ކޮންޓެންޓް އިތުރަށް ބެލުމަށް ފަހު، ޕްރޮގްރާމް ދެއްކުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނެފައި ވަނީ ނުކުޅެދޭ މީހުންނަކީ ކިހާ ބޮޑަށް ނުކުޅެދޭ ބައެއްކަން އެމީހުންނަށް ބުނެދީ، އެމީހުންގެ ބަދުނަސީބު ކިޔައިދޭން އިތުރު މީހަކު ބޭނުންނުވާ ކަމަށެވެ.

ފާޑުކިޔުން ބޮޑުވެ، ނަމްޒާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ވެސް ޑިއެކްޓިވޭޓް ކޮށްލައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-