-Advertisement-

-Advertisement-

ރޯދައިގެ ފަހުން އަރަބިއްޔާ ސްކޫލް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށަނީ

ކުރީގެ އަރަބިއްޔާ ސްކޫލް ފޮޓޯ؛ ސަން އޮންލައިން

ރޯދައިގެ ފަހުން ޢަރަބިއްޔާ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށޭނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ކުރީގައި ކުނިކޮށި ހުރި 381 ނަންބަރު ކޮށްޓެވެ.

ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާވޭ ކުރިއިރު، އެ ބިމުގެ އަޑީގައި ގިނަ ޢަދަދަކަށް ކުނި ހުރުމުން ޢިމާރާތުގެ ކުރެހުމަށް ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށާއި، އެގޮތުން ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބިމުގެ ސާވޭގެ މައްޗަށް ބިނާކޮށް ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތައް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށާއި ރޯދައިގެ ފަހުން އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އަމާޒަކީ 2026 ގައި އެސްކޫލުގައި ކިޔަވައި ދިނުމަށް ފެށުން ކަމަށެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-