-Advertisement-

-Advertisement-

ޔޫއޭވީ ތަކާއި އެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރިކަމަށް ކުރީގެ ސީޕީ މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު. ފޮޓޯ؛ އެޑިޝަން އެމްވީ

ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރިކަމަށް ކުރީގެ ސީޕީ މުޙައްމަދު ޙަމީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްފައިވަނީ މާފަރު އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެކަމާ ގުޅިގެން މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ކުރީގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖެއަށް އަލަށް ގެނައި ޔޫއޭވީ ތަކާއެކު ރާއްޖޭގެ އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް އިތުރު ރައްކާތެރިކަމެއް ލިބިފައިވާކަން ފާހަގަ ކުރަށްވަމުން ކުރީގެ ސީޕީ ޙަމީދު ވިދާޅުވީ ޔޫއޭވީގެ ބޭނުން ފުރިހަމައަށް ހިފަން ޖެހޭކަމަށާއި، އެގޮތުން ރާއްޖޭގައި ހިންގޭ ޖޮއިންޓު އޮޕަރޭޝަންތަކުގައި މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރުމަށް ޔޫއޭވީތައް ބޭނުންކުރުން މުހިއްމުކަމަށާއި އަދި މަޢުލޫމާތު ޙިއްސާކުރުމަށް ރަނގަޅު ނިޒާމެއް ޤާއިމު ކުރެވިއްޖެނަމަ ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

ޔޫއޭވީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމް.އެން.ޑީ.އެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށުމުގެ ޤަރާރުގައި ސޮއިކުރަށްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-