އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް އިއްޔެ އާންމު ކޮށްފިއެވެ.
މިކަން އިއުލާން ކުރައްވާ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ”އިލެކްޝަންސް ކޮމިޝަން އޮފްމޯލްޑިވްސްގެ އާ ވެބްސައިޓް މިއަދު އާންމު ކުރެވިފައިވާކަން އަޅުގަނޑަށް އަންގައިދިނުމުގެ ޝަރަފާއި އިމްތިޔާޒު ލިބިގެންވެއެވެ. އެއީ ޔޫޒަރ ފްރެންޑްލީ އަދި އަޕްޑޭޓް މައުލޫމާތު ފޯރުކޮށްދޭއެއްޗަކަށް ވާނެއެވެ"މިހެންނެވެ.
މިވެބްސައިޓަށް ވަދުމަށްބޭނުން ކުރާނެ ލިންކަކީ http://elections.gov.mv އެވެ.
މިވެބްސައިޓްގެ ސަބަބުން އާންމުނަށް ވަރަށްބޮޑު ފަސޭހަ އެއް ވެގެން ދާނެ ކަމަށް ބެލެވެއެވެ.