-Advertisement-

-Advertisement-

އިއްޔެ މާލޭ މަގުމަތިން 19 ޓަނުގެ ކުނި ނެގި

ފޮޓޯ؛ މާލޭ ސިޓީ ކައުންސިލް

އިއްޔެ އާއި ރޭ އެކަނިވެސް މާލެ މަގުމަތިން 19 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން ވިދާޅުވީ 1.5 ޓަނުގެ 10 ޕިކަޕާއި 350 ކިލޯގެ 11 ޕިކަޕުގެ ކުނި މާލޭ މަގުމަތިން އިއްޔެ ނެގުނު ކަމަށެވެ.

މާލެ ސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެމީހުން ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު ، ސިޓީ ކައުންސިލުން މިކަމާ ބެހޭގޮތުން ބުނެފައިވަނީ އިއްޔެ ވެސް ޕޭވްމަންޓު މަތީގައި ކުނި ބަހައްޓައިގެން ފަސް މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރު ގިނަވެފައިވާ ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ. ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ ބިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފައެވެ.

މާލޭގެ މަގުތައް ސާފުކުރުމަށް ފުލުހުންނާއި ވެމްކޯ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ގިނަ ސަރަހައްދުތަކުން ކުނި ނަގާ ސާފުކޮށްފައިވާރު، އެ ކައުންސިލުން ދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ބަލައި ޖޫރިމަނާވެސް ކުރަމުންނެވެ. އެގޮތުން މިމަހު 14 ވަނަ ދުވަހު ކައުންސިލުން ވަނީ މަގުމައްޗަށް ކުނި އެޅި މީހަކު ހޯދައި އެމީހާ ލައްވައި ކުނި ނަގުވައިފައެވެ.

މަގުމައްޗަށް ކުނި ނޭޅުމަށާއި މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހި ބަލިތައް ވެސް އިތުރުވެގެންދާނެތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-