-Advertisement-

-Advertisement-

މާލޭގައި ބާއްވާ ބޮޑު އިހްޔާ ފޯރަމްގެ ދެވަނަ ފޯރަމް މިރޭ!

ފޮޓޯ؛ އިލްސާމިކް މިނިސްޓްރީ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ބާއްވާ ފޯރަމްގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އިހްޔާ ފޯރަމްގެ ދެވަނަ ފޯރަމް މިރޭ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ފޯރަމް އެކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިރޭ 21:45 ގައި އެވެ. މާދަމާރޭގެ އިހްޔާ ފޯރަމްގައި ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ ޑރ އަބްދުއްސައްތާރު އަބްދުއްރަހްމާން އެވެ.

ދެވަނަ ފޯރަމްގެ މައުޝޫއަކަށް ހަމަޖެހިފައިވަނީ “މަރަށްފަހު ” އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ މާލޭގައި ބާއްވާ ހުރިހާ އިހްޔާ ފޯރަމްތަކުގެ ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށްވެސް އެވުޒާރާއިން ނިންމާފައި ވާކަމަށެވެ.

އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1 ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެކެވެ.

އަދި ހަމަ އެހެންމެ، ކޮންމެ އިހްޔާ ފޯރަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވަކި ގުރުއަތުލުންތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ދެޖިންސުގެ މީހުންނަށް ވަކި ވަކިން ނަގާ މި ގުރުއަތުތަކުގައި އެއްވަނައަށްދޭ ފަރާތްތަކަށްވެސް އިނާމުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-