-Advertisement-

-Advertisement-

ރޯދަ މަސް ފެށުން ފަހުން ވައިރަލް ބަލިތައް ގިނަވަނީ

ފޮޓޯ: ރާއްޖެ އެމްވީ

ރޯދަ މަސް ފެށުނު ފަހުން ހުމާއި ބޭރަށް ހިންގުމާއި ޗިކަން ޕޮކްސް ފަދަ ވައިރަލް ބަލިތައް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ ވިދާޅުވެފައިވަނީ ގައިން ގަޔަށް އަރާ ބަލިތައް އެޗްޕީއޭއިން ކޮންމެ ހަފްތާއަކުހެން ވަރަށް ގާތުން މޮނީޓާ ކުރާމުންދާ ކަމަށާއި، އެގޮތުން ބެލިއިރު ގައިން ގަޔަށް ފެތުރޭ ބައެއް ބަލިތައް އިތުރުވެފައިވާކަން އަނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އަނާ ވިދާޅުވީ، މި ދުވަސްވަރަކީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއް ގެއިން އަނެއް ގެއަށް ރޯދަވީއްލުމަށް ގޮސް އުޅޭކަމަށާއި އެގޮތަށް އެއްވެ އުޅުމުން ވެސް ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަަތު އޮންނާނެކަންކަމަށެެވެ.

އެހެންކަމުން ރޯގާ ޖެހި އޭގެ އަލާމަތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް މަޑަކޮށްލުމަށް އަނާ އިލްތިމާސް ކުރެއްވި އެވެ.

ހަމަ އެހެންމެ ގިނަގިނައިން އަތް ދޮވުމާއި މާސްކު އަޅައިގެން އުޅުމަށް ވެސް އަނާ ވަނީ އިލްތިމާސް ކުރައްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-