-Advertisement-

-Advertisement-

އޮންލައިންކޮށް ރީ ރެޖިސްޓަރ ކުރި މީހުންގެ އަދަދު 11،000 އަށްވުރެ ގިނަ

އެޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ފުރުސަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ޖުމުލަ 11،169 މީހުން ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފިއެވެ.

ރީ ރެޖިސްޓްރީ ވުމަށް ހުޅުވާލި 6 ދުވަހުގެ މުއްދަތު، އިއްޔެގެ މެންދުރު ފަހު 15:00 އަށް ހަމަވެފައިވާއިރު، އީސީން ބުނެފައިވަނީ، ރީ ރަޖިސްޓަރ ވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބަލައިގަނެފައިވަނީ 10،028 ކަމަށެވެ.

އެކި ސަބަބުތަކާހުރެ 1،141 ފޯމު ބަލައިގަނެފައިނުވާކަމަށް އީސީއިން ބުނެފައިވެއެވެ.

ވޯޓުލާފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާނަމަ އީސީ މެދުވެރިކޮށް ރީ-ރެޖިސްޓްރީ ވާންޖެހޭނީ ރިޔާސީ އިންތިހާބުގައި ވޯޓުލާތަން ބަދަލުވާ ނަމައެވެ. އޭގެ ތެރޭގައި ބޭރުގެ ގައުމަކަށްވީނަމަވެސް، އަދި ރިސޯޓަކަށްވީނަމަވެސް ރީ-ރަޖިސްޓްރީ ވާންޖެހޭކަމަށް ގަވާއިދުގައިވެއެވެ.

މިމަހު 17 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މަޖިލިސް އިންތިހާބު އަންނަމަހުގެ 21 ވަނަ ދުވަހަށް ފަސްކުރިއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވޯޓް ފޮށި ބެހެއްޓުމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން އަލުން ހުޅުވާލުމުން ބޭރުގައި ބަހައްޓާ ފޮށީގެ އަދަދު ވަނީ އިތުރުވެފައެެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 600 އެއްހާ ފޮށި އެކި ސަރައްހަދުތަކުގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ފޮއްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-