-Advertisement-

-Advertisement-

މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ރޯދަމަހު ބަދަލެއް

ވެކްސިން ޖަހަނީ

ރޯދަމަހާއި ގުޅިގެން މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި 7 ތަނެއްގައި ވެކްސިން ދިނުން ކުރިއަށްދާކަމަށާއި، އެ ސަރަހައްދުތަކަކީ ދަމަނަވެށި، މެޑިކާ، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް، ހުޅުމާލޭ ފޭސް 2ގެ ޖީޕީ ކްލިނިކް ޓްރީޓޮޕްގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލްކަން ހާމަކޮށްފައެވެ.

އެޗްޕީއޭއިން ވެކްސިންދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތަކަކީ:

  • ދަމަނަވެށި – ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް
  • އޭޑީކޭ ހޮސްޕިޓަލް – ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އަށް
  • ހުޅުމާލެ ހޮސްޕިޓަލް – އާދީތަ ހޯމަ، އަންގާރަ ދުވަހު 9:30 އިން 12:00 އަށް
  • ޖީޕީ ކްލިނިކް/ހުޅުމާލެ ފޭސް 2 – އާދީއްތަ ބުދަ، ހޮނިހިރު ދުވަހު 09:30 އިން 12:00 އަށް
  • މެޑިކާ – ހޮނިހިރު، ބުދަ ދުވަހު 08:00 އިން 12:00 އަށް
  • ޓްރީޓޮޕް ހޮސްޕިޓަލް – ހުކުރު ނޫން ކޮންމެ ދުވަހަކު 10:00 އިން 15:00 އަށް
  • ވިލިމާލެ ހޮސްޕިޓަލް – އާދިއްތަ، ބުދަ ދުވަހު 9:00 އިން 15:00 އަށް

ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، ރޯދަ މަސް ފެށުނު ފަހުން ހުމާއި ބޭރަށް ހިންގުމާއި ޗިކަން ޕޮކްސް ފަދަ ވައިރަލް ބަލިތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ ވިދާޅުވެފައިވަނީ ގައިން ގަޔަށް އަރާ ބަލިތައް އެޗްޕީއޭއިން ކޮންމެ ހަފްތާއަކުހެން ވަރަށް ގާތުން މޮނީޓާ ކުރާމުންދާ ކަމަށާއި، އެގޮތުން ބެލިއިރު ގައިން ގަޔަށް ފެތުރޭ ބައެއް ބަލިތައް އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން އަނާ ވިދާޅުވީ، މި ދުވަސްވަރަކީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއް ގެއިން އަނެއް ގެއަށް ރޯދަވީއްލުމަށް ގޮސް އުޅޭކަމަށާއި އެގޮތަށް އެއްވެ އުޅުމުން ވެސް ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަަތު އޮންނާނެކަންކަމަށެެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-