-Advertisement-

-Advertisement-

ޖަމިއްޔާއެއްގެ އެކައުންޓުން ރުފިޔާ ފޭރުނު ސްކޭމް ކޯލަކީ މާފުށީ ޖަލުން ކޮށްފައިވާ ކޯލެއް: ފުލުހުން

މާފުށީ ޖަލު

ޖަމިއްޔާއެއްގެ އެކައުންޓުން ރުފިޔާ ފޭރުނު ސްކޭމް ކޯލަކީ މާފުށީ ޖަލުން ކޮށްފައިވާ ކޯލެއް ކަމަށް ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، ސްކޭމް ކޯލާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖަމިއްޔާއެއްގެ އެކައުންޓުން ވަގަށް ނަގާފައި މައްސަލައަކާ ގުޅިގެން މިހާރު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

މީގެއިތުރުން އެ މައްސަލައައާއި ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު މާފުށީ ޖަލު ބަލާ ފާސްކޮށްފައިވާ ކަމަށާއި، ބަލާ ފާސްކުރެވުނު ތެރެއިން ގިނަ އަދަދެއްގެ ސްމާޓް ފޯނު ހިމެނޭ ގޮތަށް 22 އަށް ވުރެ ގިނަ ފޯނާއި ސިމް ކާޑާއި ސްޓޯރޭޖް ޑިވައިސްތަކާއި ބެޓެރިއާއި ޕަވަ ބޭންކާއި ހެޑް ސެޓް ފަދަ ގިނަ އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލޫތު އިތުރަށް ވިދާޅުވެފައިވަނީ، ފުރަތަމަ މައްސަލަ ތަހުގީގުކުރަން ފެށިއިރުގައި ފައިސާ ދައުރުކޮށްފައިވާ އޭރު ބެލެވުނީ 14 ފަރާތެއްގެ އެކައުންޓަށް ކަމަށާއި އެހެންނަމަވެސް މައްސަލަ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ މިންވަރަކުން ޖުމްލަ 40 ފަރާތެއްގެ އެކަންޓަށް އެ ފައިސާ ދައުރުކުރުވާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-