-Advertisement-

-Advertisement-

އިދިކޮޅުގެ ތުހުމަތުތަކަށް މިނިސްޓަރުގެ ރައްދު: ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސައިލީ ފައިސާ ހަމަޖެހެންދެން

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުން މަޑުޖައްސާލާފައި ވަނީ މިހާރު ބަޖެޓުކުރެވިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް، ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކަށް އިސްކަންދޭތީ ކަމަށާއި އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށް ބުނެ ރައްދު ދެއްވައިފިއެވެ.

އެގޮތުން ޝަފީގު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ދެކެވެނީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މިހާތަނަށް ނުފެށި ހުރި ޕްރޮޖެކްޓުތަކަކީ އެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާތީ ކަމަށެވެ.

“ބައެއް ޕްރޮޖެކްޓުތަކުގައި އެބަހުރި، މިސާލަކަށް ބައެއް ރަށްތައް ހިއްކުމުގެ ޕްރޮޖެކްޓުތައް، އޭގައި އެލޮކޭޓްކޮށްފައި އިންނަނީ ފަސް މިލިއަން ރުފިޔާ ވަރު ޕްރޮޖެކްޓަށް. އެކަމަކު އޭގެ ޕްރޮޖެކްޓެއް ހިންގުމަށް ދާނެ އޭގެ ތިން ހަތަރު ގުނަ ބޮޑުވެގެން އެސްޓިމޭޓް ކުރެވެނީ،” މިނިސްޓަރު

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ފޮތުން ދައްކާ ގޮތުގައި ޕީއެސްއައިޕީގެ ދަށުން ހިންގާ 1780 މަޝްރޫއަކަށް 8.6 ބިލިއަން ރުފިޔާ ބަޖެޓުކޮފައިވެއެވެ. ޕީއެސްއައިޕީއަށް ހަރަދުކުރަން ރާވާފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ، ބޭރުން ލޯނު ނަގައިގެން 4.6 ބިލިއަން ރުފިޔާ، ހިލޭ އެހީން 389.5 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑުން 380.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ރާވާފައެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރިއަށް ދަނީ ފައިސާ އާއި ކޭޝްފްލޯ ހަމަޖެހިފައިވާ މަޝްރޫއުތައް ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ނުފެށި ހުރި މަޝްރޫއުތަކަކީ ފަައިސާ ނެތުމާއެކީ ފަށާފައި ކުރިއަށް ނުގެންދެވިއްޖެ ހާލަތެއްގައި އިތުރު ބޭކާރު ހަރަދުތަކެއް ހިނގާނެތީ ނުފަށައި ހުރި މަޝްރޫއުތައް ކަން އޭނާ ފާހަގަކުރެއްވިއެވެ.

“މިހާރު އޭގައި ހުރިހާ ޕްރޮޖެކްޓުތަކެއް ފެށުނު ކަމުގައި ވިޔަސް، މިސާލަކަށް ފެށިދާނެ. ފަށާފަ ނުނިންމިދާނެ. އެހެންވީމައި އެކަމަކު މުހިންމު ކަމަށް މިބަލަނީ މިސާލަކަށް ފަސް މިލިއަން ވަރުގެ އަދަދެއް ނޫނިއްޔާމުން ވަރަށް ކުޑަ އަދަދެއް އިންނަނީ ކަނޑައެޅިފައި. އެކަމަކު ޕްރޮޖެކްޓަށް ވަރަށް ބޮޑު އެެއްޗެއްދޭ. މިހާރު ޔަގީންކުރަން ބޭނުންވަނީ އެއެއްޗިއްސަށް، ނިންމޭނެ ކަހަލަ ޕްރޮޖެކްޓުތައް،” މިނިސްޓަރު

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-