-Advertisement-

-Advertisement-

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެެއްޖެ

Breaking News 2

ހުޅުމާލެގައި ބަހައްޓާފައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެއްޖެއެެވެ.

ހުޅުމާލޭ ހޮސްޕިޓަލާއި ހަވާލާދީ ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ، މިމީހާ ކަރަންޓު ޖެހިގެން ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އެ ކުންފުނީގެ އެމްޑީ ފަހުމީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ހަސަން އާދަމް މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް،  ކަރަންޓު ކެނޑިފައިވަނީ އެ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކު ކޮށްލައިގެން ބަޔަކު ވަދެ، އޭގެ ބައިތައް ވަގަށް ނަގަން އުޅުމުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-