-Advertisement-

-Advertisement-

ޔޫރޯ އަށް ކޮލިފައިނުވެ އިޒްރޭލު ކަޓައިފި

ޔޫރޯ ކޮލިފިކޭޝަން މެޗުގައި ކުޅުނު އިސްރާއީގެ ޓީމް. ފޮޓޯ؛ ޔޫރޯ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގައި ރޭ އައިސްލޭންޑް އަތުން 4-1 އިން ބަލިވެ އިޒްރޭލު ކަޓައިފި އެވެ.

އައިސްލޭންޑް ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދައިފައި ވާއިރު، ފައިނަލްގައި އައިސްލޭންޑް ބައްދަލުކުރާނީ ޔުކްރޭންއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ޔޫރޯ އަށް ކޮލިފައިވާނެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ އިޒްރޭލުންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އިޒްރޭލަށް މި ގޯލު ކާމިޔާބުކޮށްދިފައިވަނީ ޒަހާވީ އެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި ގުޑްމުންސަން އައިސްލޭންޑަށް ނަތީޖާ އެއްވަރުކޮށްދީފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓްރައުސްޓަސަން ވަނީ އައިސްލޭންޑަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 73 ވަނަ މިނެޓްގައި އިޒްރޭލުގެ ރެވިވޯ އަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ.  މެޗުގެ 80 ވަނަ މިނެޓްގައި އިޒްރޭލަށް ޕެނަލްޓީއެއް ލިބި ކާމިޔާބު ކުރެވިފައިނުވާއިރު، އޭގެ ތިން މިނެޓް ފަހުން ގުޑްމުންސަން ވަނީ އައިސްލޭންޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި އައިސްލޭންޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ގުޑްމުންސަން ވަނީ ހެޓްރިކް ހަދާފައިއެވެ.

ޔޫރޯ ޕްލޭއޮފް ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ އަދި ބުދަ ދުވަހު އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-