-Advertisement-

-Advertisement-

ނަސްލީ ގޮތުން ދިމާކުރިޔަސް ސްޕެއިން ދުލެއް ނުކުރާނަން: ވިނީޝިއަސް

ނަސްލީ ގޮތުން ދިމާކުރުންތައް ކިތަންމެ ބޮޑަކަށް އިތުރުވި ނަމަވެސް، ސްޕެއިން ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި އޭނާ ސްޕެއިން ދޫކޮށްލުމަކީ ނަސްލީ ގޮތުން ދިމާކުރާ މީހުންގެ މަގުސަދު ކަމަށް ވިނީޝިއަސް ޖޫނިއާ ބުނެފިއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުންގެންދާ  ބްރެޒިލްގެ ތަރި ވިނީޝިއަސްއަށް ސްޕެއިން ލީގުގައި ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތަކެއް މިހާރުވެސް ސްޕެއިންގެ އިދާރާތަކުން ބަލަމުންދާއިރު، އޭގެ ތެރެއިން 10 މައްސަލައެއް ރަސްމީކޮށް، ޕީޖީންވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އެނާ އަށް ކުރި މަތިވަމުންދާ ނަސްލީ ދިމާކުރުންތަކާ ގުޅޭ ގޮތުން ވިނީޝިއަސް އެންމެފަހުން ވާހަކަދައްކާފައި ވަނީ އިއްޔެ ބްރެޒިލްގެ ނޫސް ކޮންފަރެންސެއްގައެވެ.

އުމުރުން 23 އަހަރުގެ ފޯވާޑާ ނަސްލީގޮތުން ދިމާކުރުމާ ގުޅޭ ސުވާލެއް ކުރުމާއެކު، އޭނާ ވަނީ ރޯން ފަށާފައިވާއިރު، ޖަޒުބާތުގައި ޖެހި ވިނީޝިއަސް ބުނީ ނަސްލީ ދިމާކުރުންތަކުގެ ސަބަބުން ފުޓުބޯޅަ އައިގެން ކުރިއަށްދާން ވަރަށް އުނދަގޫވާކަމަށެވެ. ނަމަވެސް އުންމީދު ކަނޑާނުލާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ސްޕެއިންއާ ދެކޮޅަށް މިރޭ ބްރެޒިލުން ނުކުންނަ އިރު، މެޗު އޮންނާނީ ރެއާލްގެ ސަންތިއާގޯ ބާނަބޭއޫގައެވެ. މެޗުގެ ތެރެއިން ބްރެޒިލާއި ސްޕެއިން ގުޅިގެން “ވަން ސްކިން”ގެ ނަމުގައި ހާއްސަ ނަސްލީތަފާތުކުރުމާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދާނެއެވެ.

ވިނީޝިއަސްއަށް ނަސްލީގޮތުން ދިމާކުރި މައްސަލަތަކެއްގައި ލަ ލީގާގައިން ވަނީ ބައެއް ކްލަބުތަކުގެ ސަޕޯޓަރުންނަށް ފިޔަވަޅުވެސް އަޅާފައިވާއިރު، ބައެއް ސަޕޯޓަރުން ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށް ޖޫރިމަނާވެސް ކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-