-Advertisement-

-Advertisement-

‎ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދެނީ

ޖަބަލިއާ ރެފިއުޖީ ކޭމްޕް – ފޮޓޯ: ރޮއިޓާސް

ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.

މިކަން ނިންމައި އިއުލާން ކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުންއަންނަނީ ވީ އެންމެ އަވަހަކަށް ކާބޯތަކެތި ފޮނުވޭނެ ގޮތްތަކެއް ހޯދަން ކަމަށާއި، ގާޒާއަށް އެންމެ ގިނައިން އިންސާނީ އެހީ ފޯރުކޮށްދެމުން އަންނަ އިސްލާމީގައުމެއް މެދުވެރިކޮށް އެ އެހީ ފޮނުވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ފަރާތުން ނިމިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސްބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

އެހީތެރިކަމެއްގެ ގޮތުން ދިވެހިންގެ ފަރާތުން ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެއޮކްޓޯބަރު މަހު ނިންމި ނަމަވެސް، ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަން ވާ ގޮތެއް އަދި ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަސްދަޅުތައް ފޮނުވުމުގެ މަސައްކަތް ކެނޑިނޭޅިކުރިއަސް އެކަމަށް އޮތީ ވަރަށް އުނދަގޫ މަގެއް ކަމަށެވެ. އެހެންވެ މިސްރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ފަލަސްތީނު ރައްޔިތުންނާ ހަމައަށް މަސްދަޅުތައްފޯރުކޮށްދިނުމަށް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-