-Advertisement-

-Advertisement-

އެމްޑީޕީން މަޖިލިސް މެޖޯރިޓީ ނަގާ ރައީސް މުއިއްޒު އަޒުލުކުރަން ޖެހޭ: މާރިއާ

މާރިޔާ އަހްމަދު ދީދީ

އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ނަގާ ރައީސް ޑރ. މުއިއްޒު އަޒުލުކުރަން ޖެހޭކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މާރިޔާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ދޭން ރައްޔިތުން ބޭނުން ވާކަމަށާއި، ރައީސް މުއިއްޒު އަޒުލު ކުރަން ޖެހޭ ކަމަށް ރަށްރަށަށް ދިއުމުން މީހުން ބުނަމުން ދާކަމަށެވެ.

ރައްޔިތުންނަށް ވެރިއަކު ކަމުނުގޮސްފިނަމަ ގާނޫނީ ގޮތުން ވެރިކަމުން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ކޮންމެހެންވެސް މިފަހަރު ތިންބައިކުޅަ އެއްބައި މެޖޯރިތީ އެބަ ނަގަން ޖެހޭ. ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ. އެއީ މިއަދު ރައްޔިތުން ބޭނުންވާ ގޮތަކީ.–މާރިޔާ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-