ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް އާންމުކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުވެސް އާއްމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ މަގު ފަހިކޮށްދީފައި ވާކަމަށާއި އެގޮތުން އޮންލައިން އެކި މަންސަތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
ޒަކާތް ބަލައިގަންނަ ގަޑިތައް:
- ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމް ތަކުން އޭޕްރީލް 6 ވަނަ ދުވަހުގެ 23:59 އަށް
- ބަނޑޭރިޕޭ ރަމަޟާން މަހުގެ ފަހު ދުވަހުގެ 18:00 އަށް
- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00 އަށް
- ގޮވާމުން ފިތުރުޒަކާތް ބަލައިގަތުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 38،681 މީހުން ޒަކާތް ދައްކާފައިޥާއިރު ޒަކާތް ދައްކާފައިވާ އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.