-Advertisement-

-Advertisement-

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަމުންދާ ލޯންޗެއް

މޫސުން ގޯސްވުމާއި ގުޅިގެން، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު  ސަމާލު ނެރެފައިވަނީ  ބ. އަތޮޅުން ފެށިގެން ގދ. އަތޮޅުގައި ހިމެނޭ ރަށްތަކަށެވެ.

އެ އޮފީހުގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރަހައްދަށް މިއަދު ހެނދުނު 6:15 އިން 11:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެކަމަށް ލަފާ ކުރެވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޫނުގަދަ ދުވަސްވަރެއް ނަމަވެސް، އިއްޔެ ވެސް މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-