-Advertisement-

-Advertisement-

‎މިވެރިކަމުގައި ސިޔާސީވެގެން މީހަކު ހައްޔަރުކޮށް ސުވާލުކުރާތަނެއް ނުފެންނާނެ: ރައީސް

ރޭ ހުޅުމާލެ ފޭސް 2 ގައި ބޭއްވުން ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް ފޭސްބުކް

މި ވެރިކަމުގައި މީހަކު ސިޔާސީވެގެން ނުވަތަ ކުރީގެ ސިޔާސީ ލީޑަރަކަށްވީތީ ހިފައި ހައްޔަރުކޮށް ސުވާލުކޮށް ބަންދުކުރާ މަންޒަރެއް ނުފެންނާނެކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދުނަސީރުގެ ކެމްޕެއިނު ހަރަކާތެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި ތަނުގައި އަބަދުވެސް ފެންނަނީ ސަރުކާރު ބަދަލުވުމުން އައު ސަރުކާރުން ކޮންމެވެސް ކޮމިޝަނެއް ނުވަތަ ކޮމިޓީއެއްހަދައިގެން ކުރީގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ މީހުން ފަހަތުން ދުވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ހުވައިކުރައްވައިގެން ހުންނެވީ ޤާނޫނީ ވެރިކަމެއް ހިންގަވަން ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިއްތެވުމަށްކަމަށާއި، އެހެންކަމުން ޤާނޫނާ ޚިލާފުވެގެން ޤާނޫނުގެ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ އެމަނިކުފާނު ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ ވަރަށް ފަހުން ފުލުހުންނާއި ބައްދަލުކުރެއްވިކަމަށާއި، އެ ބައްދަލުވުމުގައި އެމަނިކުފާނު ފުލުހުންނަށް ދެއްވި ޔަގީންކަމަކީ ފުލުހުންގެ މައްޗަށްސިޔާސީ ނުފޫޒެއް ނުހިނގާނެކަމުގެ ޔަގީންކަމަށާއި، އެމަނިކުފާނާއި ހިސާބުން އަދި މިނިސްޓަރުގެ ފެންވަރުން އަދި އެއަށްވުރެ ދަށް ފައްތިންވެސްސިޔާސީ ފައިދާ ހޯދުމަށް ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެހެން އޮފިސަރުންނަށް ގުޅައިގެން ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-