-Advertisement-

-Advertisement-

‎މިއަހަރުގެ މިހާހިސާބަށް އެކި ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ ފާހަގަކުރެވިފައިވޭ: ވަޒީރު ޝަފީއު

މިއަހަރުގެ މިހާހިސާބަށް އައިރު، ރާއްޖޭގެ އެކި ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ ފާހަގަކުރެވިފައިވާކަމަށް  ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއުވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، މިއީ ވަރަށް ގިނަ އަދަދެއް ނަމަވެސް މިހާރު މިއޮތް ހިސާބުގައި  އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގައިވާނަމަ މިކަން ހައްލުކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުން ވަޒީރު ޝަފީއު ވިދާޅުވީ، ތައުލީމީ ވުޒާރާއިން އެކި އެކި ލެވެލްގައި ޓީޗަރުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްހަރަކާތްތަކާއި ބެލެނިވެރިންނަށް ހިންގޭ އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ދަރިވަރުންނަށް ހިންގޭ އެކި އެކި ސިވިކް ޕްރޮގްރާމް ތައް ހިންގަމުންދާކަމަށެވެ.

މިފަދަ ޕްރޮގްރާމްތަކުގައި ކުދިންގެ އެންގަރ މެނޭޖް ކުރުމާއި ބުލީ ކުރުން ފަދަ ވިޔާނުދާ އަކި ކޮށްގެން ނުވާނެ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުވާ، އެފަދަކަންކަމުން ދުރުހެލިކުރުވުގެ މައްޗަށް އަލިއަޅުވާލާކަން ވެސް ވަޒީރު ޝަފީއު ފާހަގަ ކުރެއްވިއެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-