-Advertisement-

-Advertisement-

ހަމަހަމަކަމާއެކު ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް: ހަލީލް

ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް/ ފޮޓޯ: ހެލްތް މިނިސްޓްރީ

ހަމަހަމަކަމާއެކު ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ސިއްހަތުގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ހިތާބުގައެވެ. ހަލީލް ވިދާޅުވީ ދިވެހި ކޮންމެ ފަރުދަކަށްމެ، އެމީހާ ދިރިއުޅޭތަނެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކާމާއެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ސިއްހީ ހިދުމަތްތަކާއި ސިއްހީ ރައްކާތެރިކަމާއި މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި އެ ހިދުމަތް ލިބޭކަން ކަށަވަރު ކުރުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މީގެއިތުރުން ބަލިވެގެން ދޭ ފަރުވާއާއި ނުވަތަ ބައްޔެއްހުރިތޯ ދުރާލާ ބެލުމަށް ކުރެވޭ ދިރާސާތަކާ ތަޙުލީލުތަކުގެ ފުރިހަމަ މައުލޫމާތު ހިދުމަތްހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ބަލިމީހާއަށް ދެވޭ ފަރުވާއަކީ އޭނާގެ ހާލަތަށް ރިއާޔަތްކުރެވިގެން އޭނާގެ ރުހުމުގައި ދެވޭ ފަރުވާއެއްތޯ ބެލުމަކީވެސް މުހިންމު ކަމެއް ކަމުގައި ހަލީލް ވަނީ ފާހަގަކުރައްވާފައެވެ،

ފަލަސްތީނުގެ ހާލަތަށް ރިއާޔަތް ކުރައްވާ ހަލީލް ވިދާޅުވީ ފަލަސްދީނުގެ ހޮސްޕިޓަލްތަކާއި އެހެނިހެން ހިދުމަތްދޭ ވަސީލަތްތައް ހަލާކުކޮށް ފުޑުފުޑުކޮށްލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ސަލާމަތް ސިއްހަތެއްގައި ހުރުމުގެ ހައްގު ބައިނަލްއަގްވާމީ އެއްބަސްވުންތަކުން ކަށަވަރު ކޮށްދީފައިވީނަމަވެސް މިފަހުގެ ތާރީހެއްގައި އިންސާނީ ހަޟާރަތް ނުދެކޭ ފަދަ އިޒުރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް ލޮބުވެތި ރައްޔިތުންގެ ސިއްހަތާއި ފުރާނަ އިހާނެތި ގޮތުގައި ނިގުޅައިގަނެފައިވާ ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވީ ރާއްޖޭގެ 10 އަތޮޅެއްގައި މިއަހަރު އަދި 2 އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއާ ގެ އުސޫލަށް ހިދުމަތްތައް ބައްޓަންކުރުމާއި ދުރާލާ ބަލިން ރައްކާތެރިވުމަށް “ޕްރިވެންޓިވް ހެލްތު ކެއާ” ޕްރޮގްރާމެއް ފެށުމާއި މެޑިކަލް ޗެކަޕް ތައާރަފު ކުރުމާއި އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-