-Advertisement-

-Advertisement-

ޕީއެންއެފް ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: މަލީހް

ކުރީގެ ރައީސް ޔާމީން

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވެއްޖެއެެވެ.

މަލީހް ވިދާޅުވީ ވީ ޕީއެންއެފް އުފައްދަން މާޗު 8، ގައި ޣިޔާސުއްދީން ސްކޫލްގައި ބާއްވާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ގޭބަންދުގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް)އިން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތުތަކުގެ ތެރޭގައި ސިޔާސީ ކަންކަމުގައި ނޫޅުއްވުމާއި މީޑިއާއަށް އިންޓަވިއު ނުދިނުން ހިމެނެއެވެ. އެހެންވެ ޔާމީން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދި ކަރެކްޝަނަށް ސިޓީ ފޮނުއްވައިފައެވެ.

މި ސިޓީ އަށް ކަރެކްޝަނުން ޖަވާބު ދީފައިވީ ނަމަވެސް އަމިއްލަ ފަރާތަކުން ފޮނުއްވި ސިޓީއަކަށްވުމުން އަދި އެއީ ޕާސަނަލް ކޮމިއުނިކޭޝަނަކަށް ވުމުން އެ ސިޓީއަށް ދިން ޖަވާބު ހިއްސާ ނުކުރެވޭނެކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލުތަފާތުވެ، ވެރިކަން ހިންގާ ޕީޕީއެމްއިން ވަކިވެ، ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަން ފެއްޓެވީ ނޮވެމްބަރު، 2023، ގަ އެވެ.

ޕީއެންއެފުން އަންނަނީ ގަވައިދުން ސިޔާސީ ޖަލްސާތައް ބާއްވަމުންނެވެ. އަދި ޕީއެންއެފްއަށް ނިސްބަތްވާ ގިނަ ކެންޑިޑޭޓުންތަކެއް އަމިއްލަ ގޮތުންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-