-Advertisement-

-Advertisement-

ފެނަކައިގެ އިންޖީނުގެތަކުގެ ހާލަތު ވަރަށް ދަށް، ދާއިމީ ހައްލެއް ގެންނާނަން: ރައީސް

ޕީޕީއެމް/ޕީއެންސީގެ އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ފަޔާޒް މޫސާ، މިހާރު

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ފެނަކަ އިން ކަރަންޓް ފޯރުކޮށް ދެމުން ދިޔަ އިންޖީނުގެތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ވ.ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ތަކުލީފުތަކަށް އޮތް ހައްލަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދައްކޮށް ކަމަށެވެ. ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތީ އެކެނި ނޫންކަމަށާއި ފެނަކައިގެ ޖެން ސެޓް ތަކާއި އެކި އާލާތްތްތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެނެސްގެ މަސައްކަތް ނުކޮށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރަށްތަކުގައި މި ތަކެތި ވަނީ ބަދަލު ކުރަން ޖެހިފައި ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޖެނެރޭޓަރުތައް ބަދަލު ކުރުމާއި އާ ޖެނެރޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ރަށްތަކަށް މިކަމުގައި ހައްލެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތަ ތަނުގައި ފެނަކައިގެ ހާލަތު ރަނގަޅުކުރެވިގެންދާތަން ފެނިވަޑައިގަންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ ފެނަކަ ކޮޅަށް ޖެހުމަށް ކުރާ މަަސައްކަތްތަކާ އެކީގައި އިންޖީނުގެތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-