-Advertisement-

-Advertisement-

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮއްފި

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮއްފިއެވެ.

ޖަލްސާ ބޭއްވުން ލަސްކުރި ސަބަބެއް ކަމަށް ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުން ކަމަށެވެ.

“ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ” މަލީހު ވިދާޅުވިއެވެ.

ކުރިން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ (މިރޭ) ގިޔާސުއްދީން ސްކޫލުގައެވެ. އަދި މި ޖަލްސާގައި ކުރީގެ ރައީސް އަބްދުالله ޔާމީން ބައިވެރިވަޑައި ގަންނަވާނެ ކަމަށް ކުރިން އެޕާޓީއިން ވަނީ ބިނެފައިއެވެ. ނަމަވެސް ކަރެކްޝަންސް އިން ވަނީ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދީފައެއް ނުވާނެ ކަމަށް ބުނެފައެވެ.

ރައީސް ޔާމީން ދަނީ ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައިސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމާއި އެކުގައި އޭރުގެ ރައީސް ސޯލިހާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެއްވުމަށް އެދި ލެއްވިއެވެ. އެ އެދިލެއްވުމާއި އެކުގައި ސެޕްޓެންބަރ މަހުގައި އޭރުގެ ސަރުކާރުން ވަނީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައިއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެއްވީ ޝަރުތުތަކާއި އެކުގައިއެވެ. އެ ޝަރުތުތުތަކުގެ ތެރޭގައި ސިޔާސީ ކަންކަމުގައި ނޫޅުއްވުމާއި މީޑިއާއަށް އިންޓަވިއު ނުދިނުން ހިމެނެއެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގެންނެވުމުގެ ހުއްދަ އޮވެއެވެ.

ރައީސް ޔާމީންގެ އާ ޕާޓީއިން ދަނީ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި ރައީސް ޔާމީން ދަނީ ޕޯޑިއަމް ގައި ވާހަކަފުޅު ނުދެއްކެވި ނަމަވެސް ޖަލްސާތަކުގައި ބައިވެރިވެ ވަޑަގައްނަމުންނެވެ.

ދަރިކަލުން ޒޭންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް އިލެކްޝަނުން އިން ހުއްދަދެއްވާފައިވަނީ މިދިޔަ އަހަރު ނޮވެންބަރ 29 ގައި އެވެ. އަދި ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-