-Advertisement-

-Advertisement-

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުވުން މިރޭ!

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މަރާމާތަށް ފަހުގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މިރޭ ހުޅުވާނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިވަން 50 ފާހަގަ ކުރުމަށް 2015 ވަނަ އަހަރުގައި ޖުމްހޫރީ މައިދާނުގައި ބިނާކުރި ފެން އަރުވާ ވަޑާން ފާއިތުވި އަހަރުތަކުގައި ބޭނުންނުކޮށް ހުރުމަށްފަހުގައި ކުޑަ އީދަށް މިރާމާތް ކުރުމުގެ މަސައްކަތް ވަނީ ކޮއްފައިއެވެ.

އެކްސް ގައި ޕޯސްޓް ކުރައްވަމުން މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ މާދަމާ ރޭ (މިރޭ) 09:30 ގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފައްވާރާ މަރާމާތު ކުރުމަށްފަހު ހުޅުވާނެ ކަމަށެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުޑަ ކުދިން ވަރަށް ޝައުގުވެރިވާ ތަނެއްކަން ފާހަގަ ކޮއްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-