-Advertisement-

-Advertisement-

‎އީދު ދުވަހުގެ ހަވީރު މާލޭގައި އުޅަނދު ދުއްވުން މަނާ

ސަބްދެލި މަގު. ފޮޓޯ:ނޫން އެމްވީ

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގައި އީދު ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވުމުގެ ސަބަބުން އީދުގެ ފުރަތަމަ ދުވަހު ހަވީރު16:00 އިން 18:00 އަށް ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

އެ ގަޑިތަކުގައި އުޅަނދު ދުއްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އެމެޖެންސީގައި ހަރަކާތްތެރިވާން ޖެހޭ އުޅަނދުތަކަށް ހާއްސަހުއްދައެއްގެ ދަށުން ހަރަކާތްތެރިވެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މަތީގައި ދެންނެވިފައިވާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މި ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިންއެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް އީދު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00އަށް ދޫކުރާނެ ވާހަކަ ދެންނެވީމެވެ،ސިޓީ ކައުންސިލުންބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-