-Advertisement-

-Advertisement-

‎އަޅުގަނޑު ތާއީދުކުރާ ކެނޑިޑޭޓުން ހޮވައިދީ: ރައީސް

ރޭ ހުޅުމާލެ ފޭސް 2 ގައި އޮތް ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މަޖިލިސް އިންތިހާބުގައި މިފަހަރު އައްޑޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިދީ، އާ ތާރީހެއް ލިޔެދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް މިހެން އެދިވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މަރަދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަމީތުގެޖަގަހަ ހުޅުއްވައިދެއްވައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭންގައި އައްޑޫ ސިޓީއަކީ ވަރަށް މުހިންމު ހިއްސާއެއް އޮތް ސިޓީއެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެސިޔާސަތުތަކުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެއް އިންޓެގްރޭޓެޑް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ އިރު، މީގެ އެންމެ މުހިންމުތަރައްގީގެ ނާރެސްގެ ގޮތުގައި ކަނޑައެޅިފައި އަދި އެމަނިކުފާނު އިއުލާންވެސް ކުރައްވާފައިވާ ސަރަހައްދަކީ އައްޑޫ ސިޓީ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ޕްލޭންތައް ނުވަތަ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއިބޭނުންފުޅުވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާއާއެކު ތަރައްގީގެ ޕްލޭންތައް ފާސްވެގެން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ އަބަދުވެސް އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލިސް ތެރޭގައި ބަސްކިޔުމަށް ފުރުސަތު ދީފައި އޮތުމުން މިހާތަނަށް ހަގީގީމާނައިގައި އައްޑޫ ސިޓީއަށް ތަރައްގީ ހާސިލުނުވާ ކަމަށެވެ.

ރައީސް ވަނީ ތަޖުރިބާ ކޮށްލުމަށް ވިޔަސް މިފަހަރު ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ކެނޑިޑޭޓުންހޮވައިދީފިނަމަ، ނަތީޖާ ނެރެދެއްވާނެ ކަމަށާއި އައްޑޫގެ ރައްޔިތުން ތާއަބަދު އުންމީދު ކުރަމުން އައި ތަރައްގީ ހޯދައިދެއްވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-