-Advertisement-

-Advertisement-

‎ސަޢޫދީން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށަނީ

ފޮޓޯ: މައިޒެން ޓީވީ

މިއަހަރު ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު މިއަދު ބަހަންފަށާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި މާދަމާ ކަދުރުބަހަން ފަށާނީ ކޮންމެ ގޭބިސީއަށް އެއްކަދުރުޕެކެޓްގެ މަގުން ކަމަށެވެ. މިގޮތުން ކަދުރުބަލައިވަޑައިގަންނަވާ ބޭފުޅުން އައިޑިކާޑު ގެންނަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، މިއަދާއި މާދަމާ ކަދުރު ބަހާނީ، މެންދުރުފަހު 13:00 ން 15:00 އަށް ކަމަށެވެ. އަދި މިމަހުގެ 14 ވަނަދުވަހުން ފެށިގެން 18 ވަނަ ދުވަހަށް، ކަދުރު ބަހާނީ މެންދުރު13:00 އިން 15:00 އަށް ކަމަށާއި، މިމަހުގެ 23 އިން 25އަށް ކަދުރު ބަހާނީ ހެނދުނު9:30 އިން މެންދުރު 12:00  އަށް ކަމަށެވެ.

މިއަހަރުވެސް ރާއްޖެއަށް ސަޢޫދީ އަރަބިއްޔާއިން ވަނީ، 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-