-Advertisement-

-Advertisement-

އިދިކޮޅަށް މަޖިލިސް ދީފިނަމަ ތަފާތު ދީން ގެންނަން މަސައްކަތް ކުރާނެ: އަބްދުއްރަހީމް

ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުން އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، ރާއްޖެއަށް ތަފާތު ދީން ގެންނަން މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި އެ ދާއިރާއަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ސަލީމްގެ ކެމްޕެއިނަށް ބޭއްވިޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭ ސަބަބާމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ.

މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވެގެން އައިސްފައި އޮތް ސަރުކާރެއް ކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއިސިޔާދަތު ދަމަހައްޓައި އިސްލާމްދީނަށް ނަސްރުދޭން ބޭނުންވާ ސަރުކާރެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހިންނަށް ހިތި ތަޖުރިބާއެއް ކަމަށާއި، ވޭތުވެދިޔަ 4،000 އަހަރުގެ ތެރޭގައި ދިވެހިންނަށް އެންމެ ބޮޑު އަނިޔާކަމެއް ކުރިމަތިކުރުވީ މިދިޔަ ސަރުކާރުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިގޮތުން މަޖިލީހަށް ސަލީމް ފަދަ ސަރުކާރުގެ ފިކުރު ގެންގުޅޭ މެންބަރުން ހޮވަންވީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެހެންވެ އެވެ. އެއީ،ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތުން ދިވެހިން އެދޭ ދިވެހިންގެ ރާއްޖެ ބިނާކުރުމަށް ދިވެހިންގެވިސްނުމާއި ދިވެހިންގެ ހިޔާލާއި ދިވެހި ވަންތަކަމާއެކީގެ ކެރިގެން ވަކާލާތު ކުރައްވާނެ މެންބަރެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-