-Advertisement-

-Advertisement-

އިންޑިއާގެ ދިދައަށް މަލާމާތް ކުރި މިނިސްޓަރު ޝިއުނާ މާފަށް އެދިއްޖެ

މަރިޔަމް ޝިއުނާ

އިދިކޮޅު އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ޕޯސްޓަރުގައި އަވަށްޓެރި އިންޑިއާގެ ދިދައިގެ ބައެއް ހިމަނާ އެ ގައުމުގެ ދިދައަށް މަލާމާތް ކުރި މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މާފަށް އެދިއްޖެއެވެ.

ޝިއުނާ ވަނީ މާފަށް އެދި އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އިންޑިއާގެ ދިދަޔަށް މަލާމާތް ކުރި ޕޯސްޓު ޝިއުނާ ހިއްސާކުރީ ހޮނިހިރު ދުވަހުގެ ރޭ 11:37 ގަ އެވެ.

މިި ޕޯސްޓަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ޝިއުނާ ވަނީ އޭނާގެ ޕޯސްޓު ޑިލީޓުކޮށް، އެކްސް އެކައުންޓުގެ މައުލޫމާތު ބައިން “ޑެޕިއުޓީ މިނިސްޓަރު” އުނިކޮށްފައެވެ.

ޝިއުނާ އަކީ މިހާރު ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށްފައިވާ މީހެއް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން ދިވެހި ސަރުކާރަށް ގޮވާލާ އިންޑިއާގެ އާންމުންނާއި ނޫސްތަކުގައި ވަނީ ލިޔެފައެވެ.

މި މައްސަލައިގައި ޝިއުނާ އާއި ޔޫތު މިނިސްޓްރީގެ އެހެން ދެ ނައިބަކު ތިބީ ޖެނުއަރީން ފެށިގެން ސަސްޕެންޝަނުގައެވެ. އަދި މި އަމަލާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-