-Advertisement-

-Advertisement-

މާދަމާ އަކީ ރޯދަ މަހު ފަހު ދުވަސް:ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން

ރާއްޖެ އަށް މިރޭ ހަނދު ނުފެންނާނެތީ މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫންއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދު ނުފެންނާނެ ކަމަށާއި މާދަމާރޯދަ ހިފަން ޖެހޭނެ ކަމަށެވެ.

މި އަހަރު ފިތުރު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު ، މާލެ ސިޓީގައި އީދު ފާހަގަ ކުރުމުގެ ފެންކުޅި ކުޅުމާއި މާލި ޕެރޭޑާއި ސްޓޭޖް ޝޯ އަދި ހަވާ އެރުވުން ވެސް އޮންނާނެ އެވެ.

މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ސައުދީ އަރަބިއްޔާއިން  ބުނެފައި ވާއިރު، ޝައްވާލު މަހު ހަނދު ފެނޭތޯ ބެލުމަށް ސައުދީއަރަބިއްޔާގައި އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަަރީތަކުގައި ދުރުމި ބަހައްޓައިގެން ހަނދުމުގެ ފެނޭތޯ ނުޖޫމީއިލްމުވެރިން އަންނަނީ ބަލަމުންނެވެ.

ހަނދު ބެލުމަކީ ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-