-Advertisement-

-Advertisement-

އީދު ދުވަހަކީ ބުދަ ދުވަސް

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ތެރެއިން. ފޮޓޯ: މިހާރު

އޭޕްރީލް 10 ވާ ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައިބުނެފައިވަނީ އަންނަ ބުދަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށެވެ.

މިއަހަރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ހެނދުނު 7:00 ޖަހާއިރު އެވެ.

ފިތުރު އީދުގެ ދުވަސްތައް މިއަހަރު މާލެ އާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި ސިޓީތަކުގައި ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމާފައިވާއިރު އީދުދުވަހުގައި މާލެ ސަރަހައްދުގައި ހަވީރު 16:00 އިން 18:00 އަށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާ ކޮށްފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-