-Advertisement-

-Advertisement-

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ. ބަހަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަނީ ---

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000ރ. އިއްޔެ ބަހަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީއެ ރަށަކުން ލިބޭ އެއްޗެހި އެ ރަށެއްގެ ފަގީރުންނަށް ކަމަށާއި އަދި އެ ރަށެއްގައި ފަގީރަކު ނެތް ނަމަ، އެންމެ ކައިރީގައި އޮތް ފަގީރުން ތިބި ރަށަކަށް ކަމަށްއޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި އަހަރު މާލެއަށް ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރިވެފައިވާ މީހުންގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުންއެހީތެރިކަން ލިބޭނެ ކަމަށާއި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތް ލިބޭނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ އާ އިދާރާ މޯލްޑިވްސް ޒަކާތު ހައުސް އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 4.5 މިލިއަން ރުފިޔާ ލިބިފަ އެވެ.

މާލޭގައި ގޮވާމުން ވެސް ޒަކާތް ބަލައިގަތްފައިވާއިރު މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގޮވާމުން ޒަކާތް ބެހުންމިއަދު އޮންނަނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ހެނދުނު 11:00 އިން މެންދުރުފަހު 15:30 އަށެވެ. އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8،000 އެއްހާ މީހުން ތިބެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-